ads
ޕޮލިސް މައި އޮފީސް
ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
ދެކުނުގެ ރަށެއްގައި ދިވެހި ފިރިހެން ޓީޗަރަކު، ފިރިހެން ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލް ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންތަކަކަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން އެ ހުށަހެޅީ އާދިއްތަ ދުވަހު ކަމަށެވެ. 

އަދި އެކަމާ ގުޅިގެން ހޯމަ ދުވަހު 40 އަހަރުގެ ދިވެހި ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.

މީގެ ކުރިން ވެސް ދިވެހި އަދި ބިދޭސީ ޓީޗަރުންގެ ފަރާތުން ވެސް ދަރިވަރުންނަށް މިފަދަ ބޭއަދަބީ ކަންކަން ކުރިމަތިވެފައިވެ އެވެ. 

އެގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މަހު ވަނީ އުތުރުގެ ރަށެއްގައި ޓީޗަރަކު ދަރިވަރެއްގެ ގައިގައި އަތްލި އިތުރު މައްސަލައެއް ވެސް ބަލަަން ފަށައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށްފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް