ޓާމިނަލް 1 އިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ.
ރަސްމިއްޔާތުގައި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ހުޅަނގުގެ ފިނި މޫސުމަށް ތައްޔާރުވުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންނަނީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ހިދުމަތް ދިނުން، އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ހަލުއިކޮށްފަ އެވެ.
ފްލައިދުބާއީ އާއެކު ޓާމިނަލް 1 އިން މިހާރު އަންނަނީ 18 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.