ads
މ.ދޫގަސްވިލާގައި ގޭސްފުޅި ގޮވާ ހިނގި އަލިފާނުގެ ހާދިސާގައި ގޭގެ ފާރު ވެއްޓިފައި
ރޭގެ އަލިފާނުގެ ހާދިސާ ގޭސް ފުޅި ގޮވާ، ދެ މީހެއްގެ ހާލު ސީރިއަސް
ރޭގެ ފަތިހު މާލޭގައި ހިންގި އަލިފާނުގެ ހާދީސާގައި ޒަހަމްވި ދެ މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ރޭ ފަތިހު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ދޫގަސްވިލާގޭ ގަ އެވެ. އެ ގެއެަކީ  ‏މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް ހުންނަ ހަނި ގޯޅީގައި ހުރި ގެއެކެވެ. 

މިތަނަކީ ބީދޭސީން ދިރިއުޅެމުން އަންނަ ތަނަކެވެ. އެތަނުގައި އަލިފާނުގެ ހާދިސާ ހިންގީ ގޭސްފުޅިއެއް ގޮވައިގެންކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި 4 މީހަކު ޒަހަމްވެގެން ފަރުވާދެމުން އަންނައިރު އެތަނުން ދެ މީހެއްގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެ އެވެ. 

ރޭގެ އަލިފާނުގެ ހާދިސާގައި ޒަހަމްވެ ފަރުވާދެމުން އަންނަނީ އިންޑާގެ ދެ މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކަ ށެވެ. 

އަލިފާން ރިވި އިމާރާތަކީ ބިދޭސީން އުޅުމުން އަންނަ ތަނެއްކަން ވަނީ އެނގިފަ އެވެ. އެތަނުގައި ޖުމްލަ 15 މީހުން އުޅެމުން އަންނަކަންވެސް ވަނީ އެނގިފައެވެ. 

ރޭގެ އަލިފާނުގެ ހާދިސާގައި ގޭސްފުޅި ގޮވުމުން ގޭގެ ފާރު ބައެއް ވެއްޓި އެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުންވެ މީހުން ނޫޅެވޭ ވަރު ވަނީ ވެފަ އެވެ. އަދި ފާރު ވެއްޓީ ފެން ހޮޅިތައް ފަޅައިގެންގޮސް މުޅި މަގަށް ވަނީ ފެން ލީކުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;