ads
އިންޑިއާއަށް ފުރި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ވަފުދު
ސްމާޓް ސިޓީ ތަމްރީނު ހޯދަން، މިނިސްޓްރީގެ ބޮޑު ވަފުދެއް އިންޑިއާއަށް
ސްމާޓް ސިޓީ ތަމްރީނު ހޯދަން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ބޮޑު ވަފުދެއް އިންޑިއާއަށް ފުރައިފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ މީ އިންޑިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވުމަށް ދިޔަ ވަފުދެއްކަމަށެވެ. 

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ދަތުރުކުރި މި ވަފުދުގައި ހިމެނެނީ މިނިސްޓްރީގެ އެކި ޑިޕަރޓްމަންޓްތަކުގެ މީހުންކަމަށް ސިޓީތަކާއި ބެހޭ މިނިސްޓްރީން ބުނެއެވެ. 

މި ވަފުދު އިންޑިއާއަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ)ގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ މި ވަފުދާ ބައްދަލުކުރައްވާ ކާމިޔާބީ އަށް އެދިވަޑައިގެންފައިކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމް ކުރިއަށްދާނީ މާދަމާއިން  ފެށިގެން މިމަހުގެ 14 އަށް އިންޑިއާގެ އެކި ސިޓީތަކުގައިކަމަށް ސިޓީތަކާއި ބެހޭ މިނިސްޓްރީން ބުނެއެވެ. 

ސަރުކާރު މުވައްޒަފުން ތަމްރީނުކުރުމަށް އިންޑިއާ ސަރުކާރުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަކަމަށްވެސް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް