ads
ހަނދަށް ދިޔަކަމަށް ނާސާއިން ބުނާ ފޮޓޯ އަދި ކިމްކާޑޭޝިއަން
ނާސާއިން ކިމް ކާޑޭޝިއަން އަށް ރައްދު ދީފީ
ނާސާއިން ހަނދަށް ދިޔަކަން މަޝްހޫރު މީޑިއާ ޝަހުސިއްޔަތު ކިމް ކާޑޭޝިއަންއަށް ހަނދާންކޮށްދީފިއެވެ.
Advertisement

އެއީ މީގެ ކުރިން ހަ ފަހަރެއްގެ މަތިން ހަނދަށް މީހުން ގޮސްފައިވާ ކަމަށް ނާސާއިން ބުނެއެވެ. މިކަން ހާމަކުރީ، ނާސާގެ އިސްވެރިޔަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

ނާސާގެ އެކްޓިން އެޑްމިނިސްޓްރޭޓަރު ޝޯން ޑަފީ، 'އެކްސް' ގައި ވިދާޅުވީ، "އާދެ، ކިމް ކާޑޭޝިއަން، އަޅުގަނޑުމެން މީގެ ކުރިން ހަނދަށް ގޮސްފިން... 6 ފަހަރު!" މިހެންނެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕުގެ ލީޑާޝިޕްގެ ދަށުން ނާސާގެ އާޓަމިސް ޕްރޮގްރާމްގެ ދަށުން އަލުން ހަނދަށް ދާނެ ކަމަށާއި، ކުރީގެ ޖައްވީ ރޭސް ކާމިޔާބު ކުރި ފަދައިން، މިފަހަރުގެ ރޭސް ވެސް ކާމިޔާބު ކުރާނެ ކަމަށެވެ.

މި ޕޯސްޓަށްފަހު، ނާސާއިން ވަނީ ހަނދަށް މީހުން ފޮނުވިކަމުގެ ސައިންޓިފިކް ހެކިތައް ހުރިކަން ފާހަގަކޮށް، ޑަފީގެ ވާހަކަތަކަށް ތާއީދުކޮށްފައެވެ. އަދި، ކެނެޑީ ސްޕޭސް ސެންޓަރުގައި ބާއްވާ ރޮކެޓް ފޮނުވާލުމުގެ ހަރަކާތެއް ބަލާލުމަށް ކިމް ކާޑޭޝިއަންއަށް ނާސާއިން ދައުވަތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް