މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ދިވެހި ޤައުމަށް 7 ކަމެއް ހަނދާންކޮށްދޭ ދުވަހެއްކަމަށެވެ. އެގޮތުން ދިވެހިންގެ ހާއިނުންގެ ބަޔަކާއި ކުލީ ސިފައިންގެ ބަޔަކު ރާއްޖެއަށް ދިން ހަމަލާއިން ނަސްރުދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ހަޒްރަތަށް ހަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސްކަމަށެވެ.
މީގެއިތުރުން ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސްކަމަށާއި ސިފައިންގެ ވަރުގަދަ ޢަޒުމާ ވަރުގަދަ ޤުރުބާނީ ފާހަނގަ ކުރެވުނު ދުވަސްކަންވެސް ރައީސް ޔާމިން ފާހަގަކުރެއްވިއެވެ.
ޔާމިން އެކްސްގައި ފާހަގަކުރެއްވި ކަންކަން
ޔާމިން އެކްސް ކުރެއްވި ޕޯސްޓުގައި ވަނީ މިއަދަކީ އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސްކަމަށެވެ.
ނަސްރުގެ ދުވަހުގެ ތައުރީފު އިންޑިއާއަށްވެސް ހައްގުވާކަމަށް ޔާމިން ވިދާޅުވިއިރު ޕީޕީއެމްގައި ހުންނެވިއިރު އެމަނިކުފާނު އިސްވެ ހުންނަވާ ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ހިންގައިފައެވެ.