އެކަމަނާ އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.
ސާމިޔާ ލަތީފްގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ މިއަދުގެ ފަތުސް ނަމާދަށްފަހު މާފަންނު އާސަހަރާ މިސްކިތުގައެވެ.
އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާ ވަނީ އިސްލާމްދީން އުނގަންނައިދިނުމާއި، ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއު ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދައުލަތުން އަރުވާފައެވެ.
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ، މިސުރުގެ އަލް ޖާމިޢުލްއަޒްހަރުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ވަޑައިގަތީއްސުރެ، ދިވެހިރާއްޖޭގައި އިސްލާމީ ތައުލީމާއި، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ އިލްމުވެރި ބޭފުޅެކެވެ.
ޓެލެވިޒަން މޯލްޑިވްސްއިން ފޮނުއްވަމުން ގެންދަވާ އަދި ކޮންމެ ރަމަޟާންމަހަކު އެ ޕްރޮގްރާމެއް ބެލުމަށް އަޅުގަނޑުމެން ޝައުޤުވެރިވާ [مُحَمَّـد رســول اللّـه] މި ސިލްސިލާގެ ޕްރޮގްރާމުތައް ދިވެހިބަހަށް ތަރުޖަމާކޮށްދެއްވާފައިވަނީވެސް އިބްރާހީމް ރަޝީދު މޫސާއެވެ. ހަމައެޔާއެކު ރަމަޟާންމަސް އިހްޔާކުރުމުގެ ޕްރޮގްރާމުތައް، އެންމެ ފުރަތަމަ ފެށިގެން އައިއިރު، އެ ޕްރޮގްރާމުގައި ބޭރުގެ ދީނީ އިލްމުވެރިން އަރަބިބަހުން ދެއްވަމުން ގެންދެވި ދީނީ ދަރުސްތައް، ވަގުތުން ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވައި، އަދި ރަމަޟާންމަހު ކޮންމެ ދުވަހަކު ހަވީރު މިސްކިތްތަކުގައި ހިންގަވާ ދަރުސް ޕްރޮގްރާމުތައް ތަރުޖަމާ ކޮށްދެއްވުމުގައިވެސް މުހިންމު ދައުރެއް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.