ދޯހާގައި ބާއްވާ މި ސަމިޓުގައި އެއްގައުމު އަނެއް ގައުމާއި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގައުމުތަކުގެ ސޯޝަލް ޑިވެލޮޕްމަންޓަށް ކުރެވިދާނެ ކަންކަން ބަލާ އެ ކަންކަން އަވަސް ކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރެވިގެން ދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން 2030 ވަނަ އަހަރަށް އެޖެންޑާ ކޮށްފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަދި އެސްޑީޖީއެސްތައް އިތުރަށް ހަރުދަނާކޮށް، އެކަންކަމަށް ކުރިމަތިވެދާނެ ހުރަސް ތަކުން އަރައިގަންނާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން މައުލޫމާތުދެ އެވެ.
ނައިބް ރައީސް ގަތަރަށް ފުރާ ވަޑައިގަތުމުގެ ތެރެއިން
އދ.ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މިއަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 4 ން 6 ށް ގަތަރުގެ ދޯހާގަ އެވެ.
އެންމެފަހުން ބޭއްވި ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995ވަނަ އަހަރު ޑެންމާރކުގެ ކޯޕަންހޭގަންގަ އެވެ.
މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނައިބު ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.