ދިވެހިރާއްޖެއިން އެންޓިގުއާ އެންޑް ބާބޫޑާއަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައިޝަތު ޝިރުޒިމަތު ސަމީރު، މ. ޒީނާ ގެ ނަމެވެ.
ޝިރުޒިމަތު ސަމީރު މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.
ނޮން ރެޒިޑެންޓް ސަފީރުކަމަކީ އެކަމަށް ވަކި ހާއްސަ އިނާޔަތެއް ނުވަތަ މުސާރައެއް ލިބޭ މަގާމެއް ނޫނެވެ.
ޝިރުޒިމު ވަނީ މީގެ ކުރިން ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގެ އިތުރުން މޯލްޑިވްސް އެމްބަސީ އިން ޖާމަނީގެ މިނިސްޓާ ކައުންސެލާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.