ads
ޅހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާން
އާ ގާޒީއެއް ވަގުތީ ގޮތުން ހަވާލުވެ ލަމްހާ ބަންދުކޮށްފި
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދު ކުރަން، ގާޒީ ހުސެއިން ފާއިޒް ރަޝީދު ދެކޮޅު ހަދާފައިވަނިކޮށް، އެހެން ގާޒީއަކު ވަގުތީ ގޮތުން މައްސަލައާ ހަވާލުވެ، ލަމްހާ ޝަރިއަތް ނިމެންދެން ބަންދުކޮށްފިއެވެ.
Advertisement

މޭރީގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ލަމްހާ، ޝަރިއަތް ނިމެންދެން މިއަދު އަލުން ބަންދު ކުރީ ގާޒީ އިބްރާހީމް ޒިހުނީ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ގާޒީ ޒިހުނީ ވަގުތީ ގޮތުން މި ކޭސްއާ ހަވާލުވީ ލަމްހާ ބަންދު ކުރަން ކުރިން ދެކޮޅު ހެދި ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމުންނެވެ.

މޭރީގެ މަރާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކުރިއެވެ.

ލަމްހާ، ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023 އެވެ. އެ ފަހަރު ވެސް ދައުލަތުން މައްސަލަ އިސްތިއުނާފުކުރިއެވެ. އޭގެ ފަހުން ވެސް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ދިޔައެވެ.

މޭރީގެ މަރާ ގުޅިގެން ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް