ފުވައްމުލަކުގައި އެ ސިޓީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެ، ވަށައިޖެހޭ ތަރައްގީއެއް ގައުމަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ރައީސް ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައިރު ދިވެހި ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރައި، "ބަނގުރޫޓުވުމުގެ ހާލަތުގައި" ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދަކީ ފުވައްމުލަކުގެ ތަރައްގީގައި ވެސް އާ ސަފުހާއެއް އެއްލުނު ދުވަހެއް ކަމަށެވެ. އަދި މިއަދުގެ މި ދަތުރުފުޅު ހާއްސަކުރައްވަނީ ވެސް މި ރަށުގެ ރައްޔިތުން ބޭނުންވި މަޝްރޫއުތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ހިންގަން ނިންމާފައިވާ އެހެން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ. އެ މަޝްރޫއުތަކަކީ؛
ރާއްޖޭގެ އެންމެ ދެކުނަށް ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މާދަމާ ވަޑައިގަންނަވާނީ އައްޑުއަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އަދި އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;