ads
ސިއްރުން ބަޔަކު ނަގާފައިވާ ރަތްމުރަކަ
އެންދެރި އާއި ރަތް މުރަކަ ނަގައި ގަހަނާ ހަދަން ގޮވާލައިފި
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެންދެރި އާއި ރަތް މުރަކަ ނަގައި، އޭގެން ގަހަނާ އުފައްދައިގެން އިގްތިސާދީ ނަފާ ހޯދުމުގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހިޔާލުފާޅުކޮށްފި އެވެ.
Advertisement

މި ހިޔާލު ހުށަހެޅުއްވީ ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރެވެ.

މެންބަރު ނަސީރު ވިދާޅުވީ، އެހެން ގައުމުތަކުން ރަތް މުރަކަ ބޭނުންކޮށްގެން އަގުބޮޑެތި ގަހަނާ އުފައްދައި ބޮޑު ނަފާއެއް ހޯދަމުން އަންނަ ކަމަށެވެ. މިސާލެއްގެ ގޮތުގައި، 10 ގްރާމްގެ ރަތް މުރަކަ އާއި 18 ކެރެޓްގެ ރަން ބޭނުންކޮށްގެން ހަދާ ފަށުފުލެއް އިންޓަނޭޝަނަލް ބާޒާރުގައި 20،000 ޑޮލަރަށް ވިއްކާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މި ފުރުސަތު ދިވެހިންނަށް، ހާއްސަކޮށް ގޭގައި ތިބޭ އަންހެނުންނަށް ލިބިއްޖެނަމަ އުފެއްދުންތެރިކަން އިތުރުވެ، އިގްތިސާދީ ގޮތުން ފައިދާ ކުރާނެ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

މި ބަހުސް ކުރިއަށް ދިޔައީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި، ކަށިމިޔަރުގެ މަސްވެރިކަން ކުރަން ދީފައިވާ ހުއްދަ ބާތިލުކުރުމުގެ ގަރާރަށެވެ. ނަމަވެސް އެ ގަރާރު މަޖިލީހުން ވަނީ 44 މެންބަރުންގެ ވޯޓުން ބޭރުކޮށްލާފަ އެވެ. އެ ބަހުސްގައި ބައެއް އެހެން މެންބަރުން ވަނީ ދާ އަޅައިގެން މަސްވެރިކަން ކުރުން ފަދަ އާ ކަންކަމަށް ފުރުސަތު ދީގެން ރާއްޖޭގެ މަސްވެރިކަން ޑައިވާސިފައި ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް