ads
ޕްރިންސް ހެރީ
އެމެރިކާގަ ދިރިއުޅުނަސް އަބަދުވެސް މީ އިނގިރޭސިއެއް: ޕްރިންސް ހެރީ
ޑޫކް އޮފް ސަސެކްސް، ޕްރިންސް ހެރީ، މިހާރު އެމެރިކާގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް، އޭނާއަކީ ޔޫކޭ ރައްޔިތެއް ކަމަށާއި، ޔޫކޭ އަކީ އަބަދުވެސް އޭނާ ހިދުމަތްކޮށް ހަނގުރާމަކުރެއްވި ގައުމު ކަމަށް ވިދާޅުވެއްޖެއެވެ.
Advertisement

ހަނދާނީ ދުވަހާ ގުޅުވައިގެން އޭނާ ލިޔުއްވި ހާއްސަ ހިތާބެއްގައި، އިނގިރޭސިވަންތަ ކަންތައްތަކަށް އޭނާގެ ހިތުގައި އޮތް ލޯބި ހާމަކުރައްވާފައިވެއެވެ.

"ދަ ބޮންޑް، ދަ ބެންޓާ، ދަ ބްރޭވަރީ: ވޮޓް އިޓް މީންސް ޓު ބީ ބްރިޓިޝް" ގެ ނަމުގައި ޝާއިއުކުރެއްވި މި ލިޔުމުގައި، އޭނާ އިނގިރޭސިވިލާތަށް ނިސްބަތްވާތީ ފަހުރުވެރިވާކަން ފާޅުކުރެއްވިއެވެ.

އަފްގާނިސްތާނުގައި ދެ ފަހަރެއްގެ މަތިން ކުރީ ސަފުގައި ހިދުމަތްކުރައްވާފައިވާ ހެރީ ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ކިބައިގައި ހުންނަ ބައެއް ސިފަތަކަކީ އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަންތައްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ސިފައިންގެ މެސްއާއި، ކުލަބު ހައުސްތަކާއި، ޕަބްތަކުގައި ދެކެވޭ މަޖާ ވާހަކަތަކާއި އެކުވެރިކަން ފާހަގަކުރެއްވިއެވެ. އޭނާ މިހާރު އެމެރިކާގައި ދިރިއުޅުއްވި ނަމަވެސް، ޔޫކޭ އަކީ އަބަދުވެސް އޭނާގެ ގައުމު ކަމަށާއި، އެއީ އޭނާ އެ ގައުމަކަށްޓަކައި ހިދުމަތްކޮށް ހަނގުރާމަކުރެއްވި ބިން ކަމަށްވެސް ހެރީ ވިދާޅުވިއެވެ.

ހެރީގެ މި ލިޔުމުގެ މައިގަނޑު މަގުސަދަކީ މެމޯރިއަލް ދުވަހާ ގުޅިގެން، ހަނގުރާމައިގެ ބުރަ އުފުލާފައިވާ ކުރީގެ ސިފައިން ހަނދާންކުރުމަށް އިލްތިމާސްކުރުމެވެ. 

ޔުނީފޯމް ބޭލުމަށް ފަހު ކުރީގެ ސިފައިން މުޖުތަމައުއިން ހަނދާންނެތިގެން ދިއުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، އެމީހުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމީހުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް އާންމުންނަށް އޭނާ ގޮވާލެއްވިއެވެ.

ހަނދާންކުރުމަކީ ހަމައެކަނި މަރުވެފައިވާ މީހުންނަށް ހާއްސަ ކަމެއް ނޫން ކަމަށާއި، ދިރިތިބި ހަނގުރާމަވެރިންނަށްވެސް އެކަން ހާއްސަވާން ޖެހޭނެ ކަމަށް ހެރީ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް