ads
20 މިލިއަން ރުފިޔާގެ ވަގުފް އިމާރާތެއް އައްޑޫގައި އަޅަން ސޮއިކުރުމުގެ ތެރެއިން
20 މިލިއަން ރުފިޔާގެ ވަގުފް އިމާރާތެއް އައްޑޫގައި އަޅަން ހަވާލުކޮށްފި
އައްޑޫ ސިޓީގައި ވަގުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏެއްކަމަށްވާ އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަންއަށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮިއކުރީ ރައީސް މުއިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

އައްޑޫގައި އަޅާ ވަގުފު އިމާރާތަކީ އަތޮޅުތެރޭގައި ޤާއިމްކުރެވޭ ފުރަތަމަ ވަގުފް އިމާރާތެވެ.  

މި އެއްބަސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ އިބްރާހިމް ފަސީހުއެވެ.

މިވަގުފު މަޝްރޫއަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެއްކަމަށާއި މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.ނ

540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 20 މިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަގުފް މަޝްރޫޢު ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

އަތޮޅުތަކުގައި ގަައިމް ކުރެވޭ ވަގުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނޭނެކަމަށް އިސްލާމިކް މިމިސްޓްރީން ބުނެއެވެ. 

މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް