ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ރަހުނަކާ ނުލައި 250،000 ރުފިޔާގެ ލޯނު: އަންހެނުންނަށް ހާއްސަ ފުރުސަތެއް
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން، އެއްވެސް ރަހުނަކާ ނުލައި 250،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭ އާ ފައިނޭންސިން ސްކީމެއް ތައާރަފުކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
Advertisement

މި ސްކީމުގެ މައިގަނޑު މަގުސަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ހިތްވަރުދީ، އިގްތިސާދީ ގޮތުން ބާރުވެރިކުރުވައި، ގައުމުގެ ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ.

މި ލޯނު ސްކީމުގެ ދަށުން، ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ފޯރުކޮށްދެވޭނެ އެވެ. އަހަރަކު 9.5 ޕަސަންޓުގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ލޯނު ދެއްކުމަށް، 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ ހަތް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މި ފުރުސަތު ވިޔަފާރި އަލަށް ފަށާ ފަރާތްތަކަށާއި މިހާރު ހިނގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ހުޅުވާލާފައިވެ އެވެ.

އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ގާބިލުކަން ދައްކުވައިދިނުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މި ސްކީމުގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ މައިދާނަށް ނުކުމެ، އަމިއްލަ ފައިމައްޗަށް ތެދުވެ، ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްޑީއެފްސީގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.



50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް