ads
ެިރިހާނާ
ރިހާނާގެ ފެންޓީ ފެޝަން އަލުން އިއާދަވީތަ؟
ޕޮޕް އައިކޮން އަދި ފެޝަންގެ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އެއް ފަރާތް ކަމަށްވާ ރިހާނާ، އަނެއްކާވެސް ފެޝަން އިންޑަސްޓްރީއަށް އެނބުރި އައުމުގެ އަޑުތައް ގަދަވެއްޖެއެވެ.
Advertisement

ޕެރިހުގައި އޭނާ ބައެއް ޑިޒައިނަރުންނާ ބައްދަލުކުރުމާ ގުޅިގެން، އޭނާގެ މަޝްހޫރު ފެޝަން ބްރޭންޑް "ފެންޓީ" އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ގިނަ ބަޔަކު ދަނީ ގަބޫލުކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ރިހާނާ ވަނީ ފެޝަންގެ ހަފުތާއެއް ކުރިއަށްދާ ޕެރިހުގައި، ފެޝަން ދާއިރާގެ ބައެއް އިސް ފަރާތްތަކާ ބައްދަލުކޮށްފައެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ އޭނާގެ ސަޕޯޓަރުންގެ މެދުގައި އުފާވެރިކަން އުފެދި، އޭނާގެ ފެޝަން ބްރޭންޑް އަލުން ފެނުމުގެ އުއްމީދު އާވެފައެވެ. ފެންޓީ ފެޝަން ހައުސް މެދުކަނޑާލާފައި އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު، ގިނަ ބަޔަކު ތިބީ އެ ބްރޭންޑްގެ އާ އުފެއްދުންތަކަށް އިންތިޒާރުކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ރިހާނާ ނުވަތަ އޭނާގެ ޓީމުން އަދި ރަސްމީ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. ނަމަވެސް، ޕެރިހުގައި ހިނގާދިޔަ މި ކަންތައްތަކުގެ ސަބަބުން، އޭނާ ފެޝަން ދާއިރާއަށް ކަމްބެކެއް ދިނުމަކީ ވަރަށް ގާތް ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް