ads
އެއާ އެރޭބިއާ އިން ފުރަތަމަ ރާއްޖެ އާއި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ
ޓޫރިސްޓުން ރާއްޖެއަށް ގެނައުމަށް އާ 'ޑެސްޓިނޭޝަން ގައިޑެއް'
ދުނިޔޭގެ މާކެޓުތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް، ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް ގެނައުމުގެ މަގުސަދުގައި 'މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2026' ނަމުގައި އާ ގައިޑެއް ނެރެފިއެވެ.
Advertisement

މި ގައިޑަކީ ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށާއި، ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ވަސީލަތެކެވެ.

މި އާ ގައިޑުގައި ރާއްޖޭގެ ރީތި ރަށްތަކާއި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި އަދި ލައިވްބޯޑުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިމަނާފައިވެއެވެ. މީގެ އިތުރުން ޓޫރިސްޓުންނަށް ރާއްޖޭގައި ލިބެން ހުރި ހާއްސަ ތަޖުރިބާތަކާއި ދަތުރުފަތުރުގެ އިންތިޒާމުތަކާ ބެހޭ މައުލޫމާތު ވެސް މި ގައިޑުން ލިބޭނެއެވެ. "ވިޒިޓް މޯލްޑިވްސް" ގެ ނަމުގައި ހަރަކާތްތެރިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މިއީ ދަތުރު ރާވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ގައިޑަކަށް ވާނެ ކަމަށެވެ.

މި ގައިޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބުރާހިމް އާއި، އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އަދި ޗެއާޕާސަން އަބްދުﷲ ގިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، 2026 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޓޫރިޒަމް އަށް އަމާޒުކޮށް، ރާއްޖޭގެ ރީތިކަމާއި މުއްސަނދި ސަގާފަތް ދުނިޔެއަށް ދައްކާލުމަކީ މި ގައިޑުގެ މުހިންމު މަގުސަދެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް