ފަރާ މިކަން ހާމަކޮށްފައިވަނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ކާޖޮލް އާއި ޓުވިންކަލް ހުށަހަޅާ ޓޯކް ޝޯ "ޓޫ މަޗް ވިތް ކާޖޮލް އެންޑް ޓުވިންކަލް" ގައެވެ.
މި ޝޯގައި ވާހަކަ ދައްކަމުން ފަރާ ބުނީ، ގިނަ އެކްޓަރުން ޝޫޓިން ސެޓްތަކުގައި ލޯބީގެ ބާއްވާ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. މިއީ ބޮލީވުޑްގައި ގިނަބަޔަކު ތުންތުންމަތިން ދައްކާފައެވެ. ފަރާ ވަނީ މިކަމާ ގުޅޭގޮތުން އޭނާ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ހެކިވާކަމަށް ބުނެފައެވެ.
ފަރާގެ މި ހާމަކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން މި މައުލޫއަށް ވަނީ ހުއްޓިފައެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަކީ އަބަދުވެސް އާންމުންގެ މެދުގައި ވަރަށް ހިނގާ ވާހަކަތަކެކެވެ. އެހެންކަމުން، ފަރާ ފަދަ ތަޖުރިބާކާރު ފަންނާނެއް މިފަދަ ވާހަކައެއް ދެއްކުމުން އެކަމަށް އާންމުންގެ އިތުރުން މީޑިއާތަކުންވެސް ދަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ.