ads
މިލީ އަދި ޖޭކް
ބަލިވެ އިންފަހުން މިލީ އާއި ޖޭކްގެ ފުރަތަމަ ރެޑް ކާޕެޓް އިވެންޓް
ސްޓްރޭންޖާ ތިންގްސްގެ މަޝްހޫރު ބަތަލާ މިލީ ބޮބީ ބްރައުން އާއި އޭނާގެ ފިރިމީހާ ޖޭކް ބޮންޖިއޯވީ، އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު ލިބުމަށްފަހު ފުރަތަމަ ފަހަރަށް ރެޑް ކާޕެޓް އިވެންޓެއްގައި އެކުގައި ފެނިލައިފިއެވެ.
Advertisement

މި ދެމަފިރިން ވަނީ މި ހަފުތާގެ ތެރޭގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ބައިވެރިވެ، މީޑިއާގެ ސަމާލުކަން ހޯދާފައެވެ.

މި އިވެންޓުގައި މިލީ އާއި ޖޭކް ވަނީ ވަރަށް އުފަލުން އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ރެޑް ކާޕެޓް މަތިން ހިނގާފައެވެ. މިއީ މައިންބަފައިންނަށް ވުމަށްފަހު އެ ދެމީހުން އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ. އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން، އާ އާއިލީ ހަޔާތެއް ފެށުމުގެ ފޮނިކަން ވަނީ ހާމަވެފައެވެ.

މިލީ އާއި ޖޭކް ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު ދުނިޔެއަށް އައީ އެވެ. އެ ދެމީހުންގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި އެ ދެމީހުންނަށް މަރުހަބާ ކިޔައި، އުފާ ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް