ads
ކަށިމިޔަރުގެ ހަން އަވީލާފައި
ކަށި މިޔަރުގެ މަސްވެރިކަމަށް އެދޭން ހުޅުވާލައިފި، ލައިސަންސް ދެނީ 40 ދޯންޏަށް
ފިޝަރީޒް މިނިސްޓްރީން ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާއެކު، މިނިސްޓްރީން ވަނީ މިކަމާ ގުޅޭ ހާއްސަ ގަވާއިދުތަކެއް އާންމުކޮށްފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން، ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ އެދޭ 40 އުޅަނދަށެވެ.

މި މަސްވެރިކަމަށް އެދޭ އުޅަނދުތައް ހޮވާނީ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ތަރުތީބުންނެވެ. ލައިސަންސްގެ މުއްދަތަކީ އެއް އަހަރު ކަމުގައި ވިޔަސް، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 1 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. މީގެ އިތުރުން، ލައިސަންސް ލިބޭ ހުރިހާ އުޅަނދެއްގައި ޓްރެކިން ޑިވައިސް ހަރުކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ގަވާއިދުގެ ދަށުން ކަށި މިޔަރު ކިރުމަށް ހާއްސަ ހަތަރު ބަނދަރެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރެވެ. މި ބަނދަރުތަކަށް ނޫނީ ކަށި މިޔަރު ކިރުމުގެ ހުއްދައެއް ނޯންނާނެ އެވެ. އަދި ބާނާފައިވާ ކަށި މިޔަރުގެ އެއްވެސް ބައެއް ބަނދަރަށް ގެނައުމުގެ ކުރިން ވަކިކުރުމާއި، ކަށި މިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. މި ގަވާއިދުގެ މަގުސަދަކީ ކަށި މިޔަރުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް