ads
ރަސަލް ކްރޯ
އެއް އަހަރު ތެރޭ 25 ކިލޯ ލުއިކޮށް، ރަސަލް ކްރޯ ގިނަ ބަޔަކު ހައިރާން ކޮށްލައިފި
އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު، އަދި 'ގްލެޑިއޭޓާ' އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ރަސަލް ކްރޯ، އޭނާގެ ހަށިގަނޑަށް ގެނައި ބޮޑު ބަދަލަކުން ގިނަ ބަޔަކު ހައިރާންކޮށްލައިފިއެވެ.
Advertisement

އެގޮތުން، އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ ގާތްގަނޑަކަށް 25 ކިލޯ ނުވަތަ 55 ޕައުންޑް ލުއިކޮށްފައެވެ.

މީޑިއާތަކާ ވާހަކަ ދައްކަމުން ކްރޯ ބުނީ، މި ބޮޑު ބަދަލުގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކީ ބަނގުރާ ބުއިން މަދުކުރުން ކަމަށެވެ. ކުރިން އާދަކޮށް ބަނގުރާ ބުއި ނަމަވެސް، މިހާރު އެ އާދަ ހުއްޓާލާފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. 

"އަހަރެން މިހާރު މަސައްކަތް ކުރަނީ އާންމު ގޮތެއްގައި ބަނގުރާ ނުބޯން" ކްރޯ ބުންޏެވެ.

ގްލެޑިއޭޓާ ފަދަ ކާމިޔާބު ފިލްމުތަކުން މަޝްހޫރު އެކްޓަރު ރަސަލް ކްރޯގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށްޓަކައި އޭނާ ގެނައި މި ބަދަލަކީ ގިނަ ބަޔަކަށް ހިތްވަރަކަށް ވެގެންދާނެއެވެ. އެންމެ އަހަރެއްގެ ތެރޭގައި މިހާ ބޮޑު ބަދަލެއް ގެނައުމަށް އޭނާ ކުރި މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް