ads
ރޮކް އަދި އޭނާގެ ކުރީގެ އަނބިމީހާ
އަނބިމީހާ އާ ވަރިވުމުން ލިބުނު ހިތާމަ ރޮކް ކިޔައިދީފި
ހޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޑެނީ "ދަ ރޮކް" ޖޯންސަން އޭނާގެ ކުރީގެ އަންހެނުން ޑެނީ ގާސިއާ އާ 2007 ވަނަ އަހަރު ވަކިވުމަށްފަހު ކުރިމަތިވި ނަފްސާނީ ދަތިތަކުގެ ވާހަކަ ހިއްސާކޮށްފިއެވެ.
Advertisement

އޭނާ ބުނީ އެއީ އޭނާގެ ހަޔާތުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ތަހައްމަލުކުރި ދުވަސްވަރެއް ކަމަށެވެ.

މި ވާހަކަތައް ހިއްސާކުރަމުން ރޮކް ބުނީ އެކަމުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއްކޮށް، އޭނާއަކީ ކާކުކަން ވެސް ނޭނގޭ ދަރަޖައަށް ދިޔަ ކަމަށެވެ.

"އަހަރެން ވަރަށް ބޮޑަށް އެކަމާ ހަނގުރާމަކުރިން. އެއީ އަހަރެން ވަރަށް ބޮޑަށް ހިތާމަ ތަހައްމަލުކުރި ދުވަސްވަރެއް،" ޑއިން ބުންޏެވެ.

ރޮކް އާއި ޑެނީ ގާސިއާ ކައިވެނިކުރީ 1997 ވަނަ އަހަރެވެ. އެ ދެމަފިރިން 2007 ވަނަ އަހަރު ވަކިވި ނަމަވެސް، އެމީހުންގެ މެދުގައި ވަނީ ވަރަށް ރަނގަޅު ވިޔަފާރީގެ ގުޅުމެއްގެ އިތުރުން ރަހުމަތްތެރިކަމެވެ. އެމީހުންގެ ކައިވެންޏަށް އަންހެން ދަރިއަކު ވެސް ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް