ދެ ތަރިން ލައިވް ސްޓަންޓްތަކަކާއެކު ސްޓޭޖަށް އަރައި ހަރަކާތްތެރިވާން ފެށުމުން، އެތަނަށް އެއްވި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ހަމަނުޖެހުން އުފައްދާފައެވެ.
މި އިވެންޓް ބެލުމަށް އެއްވި މީހުން ގިނަވުމުގެ ސަބަބުން، އެ ސަރަހައްދުގައި ހަދާފައި ހުރި ބެރިކޭޑްތައް ފަހަނައަޅައި ގިނަ ބަޔަކު ވަނީ ސްޓޭޖާ ދިމާއަށް ދުއްވައިގަނެފައެވެ. މި ހަމަނުޖެހުމުގެ ތެރެއިން، އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ސްޓޭޖާ ދިމާއަށް ފައިވާންފަދަ ތަކެތި އުކާފައެވެ. ހާލަތު ގޯސްވެ ބާރުގަނޑެއް ހިނގުމުން، އެތަނުގައި ތިބި މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކޮށްފައެވެ.
ޓައިގަރުގެ ހިތްގައިމު ސްޓަންޓްތަކަކުން ފެށިގެން ދިޔަ މި އިވެންޓް ނިމިގެން ދިޔައީ ސަޕޯޓަރުންގެ އަމަލުތަކުގެ ސަބަބުން ހިތްދަތި ގޮތަކަށެވެ. "ބަޅޭ މިޔާން ޗޯޓޭ މިޔާން" އަކީ ވަރަށް އަވަހަށް ނެރެން ހަމަޖެހިފައިވާ ބޮޑު އެކްޝަން ފިލްމެކެވެ.