ads
ހަނިމާދޫ އެއާޕޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ތެރެއިން
ހަނިމާދޫ އެއާޕޯޓް ހުޅުވަން 3 މިނެޓް ވަންދެން ހަވާއަރުވާ، އެތައް ޖާފަތެއް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް ބޮޑު ރަސްމިއްޔާތެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.
Advertisement

މިރޜ ހަނިމާދޫގައި އޮންނާ ރަސްމިއްޔާތުގައި އާ އެއާޕޯޓް ހުޅުވާދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ މިއަދު ވަނީ ރާއްޖެވަޑައިގެންފައެވެ. އެއީ އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫއެވެ. 

your imageހަނިމާދޫ އެއާޕޯޓްގެ އާ ޓާމިނަލްތެރެ، ދިވެހި ވަންތަ ގޮތަކަށް ފަރުމާކޮށްފައި

އެއާޕޯޓް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު ފެށުމުގެ ގޮތުން އޮންނާނީ ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާބޯޓެއް  ޖެއްސުމެވެ. ގައުމީ އެއާލައިންގެ މި މަތިންދާބޯޓް ޖައްސާނީ މިރޭ 7:00 ޖަހާއިރުއެވެ. އާ އެއާޕޯޓް ހުޅުވުމުގެ ގޮތުން މިރޭ 3 މިނެޓް ވަންދެން ހަވާއެރުންވުންވެސް މި ރަސްމިއްޔާތުގައި ހިމެނެއެވެ. 

މީގެއިތުރުން ހަނިމާދު އާއި ކައިރި އެހެން ރަށްރަށުން މެހުމާނުންނަށް ޖާފަތް އަރުވަންވެސް ވަނީ ހަމަޖެހިފައެވެ. 

your imageހަނިމާދޫ އެއާޕޯޓްގެ އެތެރެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އެމްޑީޕީ ވެރިކަމުގައި  2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. 136.6 މިލިއަން ޑޮލަރުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. 

your imageހަނިމާދޫ އެއާޕޯޓްގެ އާ ޓާމިނަލްތެރެ، ދިވެހި ވަންތަ ގޮތަކަށް ފަރުމާކޮށްފައި

ހަނިމާދޫ އެއާޕޯޓް ތަރައްޤީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއާބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭފަދަގޮތަކަށް ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް