ads
ހަނިމާދޫ އެއާޕޯޓު ރައީސް ހުޅުވައިދެއްވުން
އަހަރަކު 1.3 މިލިއަން ޓޫރިސްޓުންނަށް ހިދުމަތްދޭ ހަނިމާދޫ އެއާޕޯޓު ހުޅުވައިފި
އުތުރުގެ ޓޫރިޒަމާއި ތަރައްގީއަށް އާ ދޮރටުތަކެއް ހުޅުވައިދެމުން، އަހަރަކު 1.3 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ފެންވަރަށް ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.
Advertisement

މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މިކަމަށްޓަކައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހަވާ އެރުވުމާއި ލައިޓް ޝޯ އެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އާ އެއާޕޯޓާއެކު، 2465 މީޓަރުގެ ދިގު ރަންވޭއެއް ވަނީ ގާއިމްކޮށްފަ އެވެ. މިކަމުގެ ސަބަބުން ކުރިން އެއާޕޯޓަށް ޖެއްސޭ ވަރަށް ވުރެ ބޮޑެތި، އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް މިހާރު ހިދުމަތް ދެވޭނެ އެވެ. މީގެ އިތުރުން، ދިވެހިވަންތަ ކަމުގެ ނިޝާންތަކާއެކު ފަރުމާކޮށްފައިވާ 10،380 އަކަމީޓަރުގެ ޓާމިނަލްގައި، އަތޮޅުތެރޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖެއްވެސް ވަނީ ބޭނުންކުރަން ފަށާފަ އެވެ. އަދި އެއްފަހަރާ ނުވަ މަތިންދާބޯޓު ޕާކު ކުރެވޭނެ އޭޕްރަންއެއްވެސް ވަނީ ތަރައްގީކޮށްފަ އެވެ.

މިއީ އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ދެ ބިލިއަން ރުފިޔާ (136.6 މިލިއަން ޑޮލަރު) ހަރަދުކޮށްގެން ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމި މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން އުތުރުގެ ރަށްތަކުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ޓޫރިޒަމް ސިނާއަތް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެ އެވެ. އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއާއި، ރާއްޖޭގެ މިނިސްޓަރުންނާއި، ބޮޑުތިލަދުންމަތީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

</article>

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް