މިކަން މިގޮތަށް ކުރަން ޖެހިދާނެ ކަމަށް ބެލެވެނީ 2029 ވަނަ އަހަރު އެވެ. މިއީ އާދަޔާ ހިލާފަށް ދުނިޔެ ބުރުޖަހާ މިންވަރު އަވަސްވުމުގެ ސަބަބުން ދުނިޔޭގެ ގަޑިތަކަށް ގެންނަން ޖެހިދާނެ ބަދަލެއް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.
މިކަމާ ގުޅޭގޮތުން ދިރާސާ ކުރަމުންދާ ފަރާތްތަކުން ބުނާ ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން ދުނިޔެ އިރުވަށާ ބުރުޖަހާ މިންވަރު ވަނީ އަވަސްވެފައެވެ. މީގެ ސަބަބުން ދުވަސްތައް ގާތްގަނޑަކަށް 1.5 މިލިސިކުންތު ކުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ވަރަށް ކުޑަ މިންވަރެއް ކަމަށް ހީވިނަމަވެސް، އެޓޮމިކް ގަޑިތަކުގެ ކަމަށް ބަލާއިރު މިއީ ބޮޑު ބަދަލެކެވެ.
މިކަމުގެ ސަބަބުން ޖީޕީއެސް، ދުނިޔޭގެ ، ދަތުރުފަތުރު އަދި އިންޓަނެޓްގެ ނިޒާމުތައް ފަދަ ގަޑިތަކަށް ބަރޯސާވާ ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވެއެވެ.