ads
32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަން އެޗްޑީސީއާ ހަވާލުކުރުމުގެ ތެރެއިން
32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަން އެޗްޑީސީއާ ހަވާލުކޮށްފި
32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަން ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.
Advertisement

ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނީ އެޗްޑީސީއާ ހަވާލުކުރީ ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ޕާކު ނެތް ރަށްތަކުގައިކަމަށެވެ. 

ޕާކުތައް ހެދުމުގެ އެއްބަސްވުމުގައި ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް މުހައްމަދު ސަރާހުއެވެ. އެ.ޗް.ޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ.

ކުޑަކުދިންގެ ޕާކު ހަދަން އެޗްޑީސީއާ ހަވާލުކުރެވުނު ރަށްތައް:

1. ހއ. މޮޅަދޫ

2. ހއ. ފިއްލަދޫ

3. ރ. ހުޅުދުއްފާރު

4. ރ. މާކުރަތު

5. ރ. ކިނޮޅަސް

6. ރ. އިންނަމާދޫ

7. ރ. އިނގުރައިދޫ

8. ރ. ފައިނު

9. ހދ. ހަނިމާދޫ

10. ވ. ފުލިދޫ

11. ވ. ކެޔޮދޫ

12. ދ. މީދޫ

13. ތ. ވޭމަންޑޫ

14. ތ. ތިމަރަފުށި

15. ތ. ގުރައިދޫ

16. ލ. މާބައިދޫ

17. ލ. ދަނބިދޫ

18. ލ. މުންޑޫ

19. ގއ. ވިލިނގިލ

20. ގއ. ކަނޑުހުޅުދޫ

21. ގދ. ގައްދޫ

22. ސ. ހުޅުދޫ

23. ސ. ހިތަދޫ 1

24. ސ. ހިތަދޫ 2

25. ސ. މަރަދޫފޭދޫ

26. ސ. ފޭދޫ

27. ނ. ޅޮހި

28. ހދ. ނޮޅިވަރަމް

29. ށ. ކަނޑިތީމު

30. ށ. މިލަންދޫ

31. ބ. ފެހެންދޫ

32. ބ. ކުޑަރިކިލު

your image32 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަން އެޗްޑީސީއާ ހަވާލުކުރުމުގެ ތެރެެއިން

އެޗްޑީސީގެ އިތުރުން ސަރުކާރު ހިއްސަވާ ބައެއް އެހެން ކުންފުނިތަކާއިވެސް ކުޑަކުދިން ޕާކު ހަދަން ވަނީ ހަވާލުކޮށްފައެވެ. 

އެގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ހަ ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމްޓީސީސީއާ ހަވާލުކޮށްގެން ހަތަރު ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ދެ ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)  އަންނަނީ ކުރަމުންނެވެ. 

ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނީ ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓްތައް ގެނައުމަށް އެސް.ޓީ.އޯއާ ހަވާލުކޮށްފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް