ads
ސިނގިރޭޓު ވައްކަމާ ގުޅިގެން ހައްޔަރު ކުރި ނުވަ މީހުން
ސިނގިރޭޓް ވައްކަން، އެމްޕީޢެލް ދެ މުވައްޒަފުން ކުށަށް އިއުތިރާފުވެއްޖެ
އެމްޕީއެލް ބަނދަރުގއި ހުއްޓާ ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކު ކުށަށް އިއުތިރާފުވެއްޖެކަން އެނގިއްޖެއެވެ.
Advertisement

ކަސްޓަމްސްއިން ހިފެހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުން ވަގަށް ނެގި މައްސަލައިގައި މިހާތަނަށް ވަނީ ނުވަ މީހަކު ހައްޔަރުކޮށްފައެވެ. 20 ފޫޓްގެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ފެންމަތިވީ މިދިޔަ މަހު ކުރީކޮޅުއެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ކުށަށް އިއުތިރާފުވެފައިވާކަން ވަނީ އެނގިފައެވެ. އެނގިފައިވާ ގޮތުގައި ކުށަށް އެއްބަސްވީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެމްޕީއެލްގެ ދެ މުވައްފަންނެވެ. 

އިއުތިރާފުވި ދެ މީހުން 

  • އަހްމަދު ޝަހީމް، 42، ނޫރަލީގެ/ހދ. ވައިކަރަދޫ

  • ހުސައިން ސާމިހް، 35، ޗާންދަނީގެ/ސ. ހިތަދޫ

މި މައްސަލާގައި ހައްޔަރުކުރި ވިޔަފާރިވެރިޔާ އެޕޯލޯ ހޯލްޑިންސްގެ ހިއްސާދާރު  މުހައްމަދު ވަހީދު (ދިގަލި)  ތަހުގީގަށް އެއްބާރުލުން ނުދޭކަންވެސް ވަނީ އެނގިފައެވެ. އޭނާ މިހާތަނަށް ތަހުގީގުގައި އެއްވެސް ވާހަކަ ދައްކާފައި ނުވާކަންވެސް ވަނީ އެނގިފައެވެ. 

މި މައްސަލާގައި ހައްޔަރުކުރި އެންމެންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ޖަހާފައެވެ. އަދި މި މީހުން ވަގަށް ނެގި ކޮންޓެއިނަރުގެ ބައިތައް ފުލުހުން ވަނީ ތިލަފުށިން ހޯދާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް