މި ސީޒަކީ 1960ގެ އަހަރުތަކުގެ ފަހުކޮޅު ހޮލީވުޑްގެ މުއްސަނދި އަދި ޝަރަފުވެރި މާހައުލެއްގައި ދިރިއުޅޭ ބައެއްގެ ވާހަކަ ގެނެސްދޭ ސީޒެކެވެ.
މި ސިލްސިލާގައި މޮޑެލް އަދި އެކްޓްރެސް ކަޔާ ގާބާ ކުޅޭ މިޓްޒީގެ ކެރެކްޓަރަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ކެރެކްޓަރެކެވެ. މެނިކިއުރިސްޓެއްގެ ރޯލުން ފެނިގެންދާ މިޓްޒީ އަކީ ސިލްސިލާގެ މައިގަނޑު ކެރެކްޓާ ކަމަށްވާ މެކްސީން (ކްރިސްޓެން ވިގް) ގެ ވަފާތެރި ރަހުމަތްތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް، ފުރަތަމަ ސީޒަން ނިމިގެންދަނީ ބެލުންތެރިން ހައިރާންކޮށްލި ބޮޑު ހާދިސާއަކާ އެކުގަ އެވެ.
ސީޒަން އެކެއްގެ ފަހު އެޕިސޯޑުން ފެނިގެންދަނީ، މެކްސީންގެ ފިރިމީހާ ޑަގްލަސް (ޖޯޝް ލޫކަސް) އަށް މިޓްޒީ ބަލިވެއިނދެ، އެކަން މެކްސީންއަށް އެނގޭ ހިސާބުންނެވެ. މިޓްޒީގެ ފަރާތުން ފެނުނު މި ބޭވަފާތެރިކަމާ އެކު، އާ ސީޒަންގައި މި ތިން ކެރެކްޓަރުގެ ގުޅުމަށް އަންނާނެ ބަދަލުތަކަކީ ގިނަ ބަޔަކު އިންތިޒާރުކުރާނެ ކަމެކެވެ. ކަޔާ ބުނާ ގޮތުގައި މިޓްޒީ އަކީ "ކޯޑް ޝިފްޓަރެއް" ކަމުން އޭނާގެ ކެރެކްޓަރަށް އަންނާނެ ބަދަލުތަކަކަށް ބެލުންތެރިން ތިބީ ވަރަށް ކެތްމަދުވެފައެވެ.