ads
ވިލް ސުމިތް ދަރިފުޅާއެކު
ވިލް ސްމިތުގެ ދަރިފުޅު މިއުޒިކީ ދާއިރާ ދޫކޮށްލި ސަބަބު ހާމަކޮށްފި
.އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ވިލް ސްމިތު، އޭނާގެ ދަރިފުޅު ވިލޯ ސްމިތު މިއުޒިކީ ދާއިރާއާ ދުރަށް ދާން ނިންމި ސަބަބު ހާމަކޮށްފިއެވެ. ވިލް ސްމިތު މިކަން ހާމަކޮށްފައިވަނީ ދާދިފަހުން ދިން އިންޓަވިއުއެއްގައެވެ.
Advertisement

އޭނާ ބުނި ގޮތުގައި، ވިލޯ އެ ނިންމުން ނިންމީ އޭނާއާއެކު ދިޔަ މިއުޒިކް ޓުއާއެއްގެ ތެރެއިން ޑަބްލިންގައި ދިން ޝޯއަކަށްފަހުއެވެ.

އިތުރަށް ވާހަކަ ދައްކަމުން ވިލް ސްމިތު ބުނީ އައިއާލެންޑުގެ ޑަބްލިންގައި ޝޯއަށްފަހު، އޭނާގެ ދަރިފުޅު އޭނާ ކައިރިއަށް އައިސް، "މިކަމާ ދެން ނޫޅެން" ބުނެފައިވާ ކަމަށެވެ. އަދި އެ ޓުއާގައި އިތުރަށް ބައިވެރިވާން ބޭނުން ނުވާ ކަމަށާއި، މިއުޒިކް ކުޅުން ހުއްޓާލަން ބޭނުންވާ ކަމަށް ވެސް ވިލޯ ބުންޏެވެ.

ވިލް ސްމިތު ވަނީ އޭނާގެ ދަރިފުޅުގެ އެ ނިންމުމަށް އިހުތިރާމްކޮށް، އެކަމަށް ފުރިހަމައަށް ތާއީދުކޮށްފައެވެ. 

މި ހާދިސާއިން، ޅަ އުމުރުގައި މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުންނަ ކުދިންނަށް ކުރިމަތިވާ ޕްރެޝަރާއި، އެކަމުން ދުރުވާން ބޭނުންވެއްޖެނަމަ ބެލެނިވެރިންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުމުގެ މުހިންމުކަން ހާމަވެގެންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް