ބީބީސީގެ މުވައްޒަފުންނަށް ފޮނުއްވި އީމެއިލްތަކެއްގައި، އެ ދެ ބޭފުޅުން ވިދާޅުވެފައިވަނީ ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. މި އިސްތިއުފާތައް އައިސްފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކައެއް އެޑިޓްކޮށްގެން 'ޕެނޮރާމާ' ޑޮކިއުމެންޓްރީއެއްގައި އާންމުކުރުމާގުޅިގެންނެވެ.
މި މައްސަލަ ހޫނުވެފައިވަނީ، ޓްރަމްޕްގެ ވާހަކައެއް އެޑިޓްކޮށް، އޭނާ އެމެރިކާގެ ކެޕިޓަލްއަށް ހަމަލާ ދިނުމަށް ސީދާ ގޮވާލި ކަމަށް ދައްކުވައިދޭ ގޮތަށް ޑޮކިއުމެންޓްރީގައި ހިމަނާފައިވާތީ އެވެ. މިކަން ފުރަތަމަ ފަޅާއެރީ ޓެލެގްރާފް ނޫހުން އާންމުކުރި ބީބީސީގެ ލީކްވި މެމޯއަކުންނެވެ. އެ މެމޯގައިވާ ގޮތުން ޑޮކިއުމެންޓްރީއަކީ ބެލުންތެރިންނަށް މައުލޫމާތު ދޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
މި މައްސަލައާ ގުޅިގެން ބީބީސީގެ ޗެއާ ސަމީރު ޝާހް ވަނީ އެއީ ކަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ބީބީސީން ހާމަކޮށްފައިވާގޮތުން، ޓްރަމްޕް ވަނީ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީ ބީބީސީއަށް ސިޓީއެއް ފޮނުވާފަ އެވެ. ބީބީސީން ވަނީ އެ ސިޓީ ލިބިފައިވާކަން ކަށަވަރުކޮށްދީ، އެކަމަށް ވަގުތުން ޖަވާބުދާރީ ވާނެ ކަމަށް ބުނެފަ އެވެ.