ads
ހިލަރީ ޑަފް
ދިހަ އަހަރަށް ފަހު ހިލަރީ ޑަފް އަނެއްކާވެސް ސްޓޭޖަށް
މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ހިލަރީ ޑަފް، ދިހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު އަނެއްކާވެސް ސްޓޭޖަށް އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ.
Advertisement

ޑަފް ވަނީ "ސްމޯލް ރޫމްސް، ބިގް ނާވްސް" ގެ ނަމުގައި އުތުރު އެމެރިކާ އާއި އިންގްލެންޑުގައި ހާއްސަ ޝޯތަކެއް ބާއްވާނެކަން އިއުލާންކޮށްފައެވެ. މިއީ ދިގު އިންތިޒާރަކަށް ފަހު އޭނާގެ ފޭނުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރެކެވެ.

މި ޓުއާ އިއުލާންކޮށްފައި މިވަނީ އޭނާގެ އާ ސިންގަލް "މެޗުއާ" ނެރުނުތާ ދުވަސްކޮޅެއް ފަހުންނެވެ. މި ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ލަންޑަންގެ އޯ2 ޝެޕާޑްސް ބުޝް އެމްޕަޔާގައެވެ. ޓުއާގެ ޓިކެޓުތައް އާންމުކޮށް ވިއްކަން ފަށާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މި ޝޯތަކަކީ ވަރަށް ހާއްސަ އަދި ގާތް މާހައުލެއްގައި ކުރިއަށް ގެންދާނެ ޝޯތަކެއް ކަމަށް ޑަފް ބުނެއެވެ.

މިކަމާ ގުޅިގެން ޑަފް ބުނީ އަލުން ސްޓޭޖަށް އަރަން ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
އެންމެ ފަސް