ads
ކެންޑްރިކް ލަމާ
ގްރެމީ އެވޯޑްސް 2026: ކެންޑްރިކް ލަމާ 9 ނޮމިނޭޝަން
އަންނަ 2026 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްއަށް ނޮމިނޭޓުވި ފަރާތްތައް އިއުލާންކޮށްފިއެވެ.
Advertisement

މި އަހަރުގެ ނޮމިނޭޝަންތަކުގައި އެންމެ ގިނަ ނޮމިނޭޝަން ލިބިފައިވަނީ މަޝްހޫރު ރެޕަރު ކެންޑްރިކް ލަމާ އަށެވެ. އޭނާ ވަނީ ޖުމްލަ 9 ކެޓަގަރީއަކުން ނޮމިނޭޓުވެފައެވެ.

ކެންޑްރިކް ލަމާ އަށް ލިބުނު ނޮމިނޭޝަންތަކުގެ ތެރޭގައި އެންމެ ޝަރަފުވެރި އެވޯޑުތައް ކަމަށްވާ އަލްބަމް އޮފް ދަ އިޔާ، ރެކޯޑް އޮފް ދަ އިޔާ، އަދި ސޯންގް އޮފް ދަ އިޔާ ހިމެނެއެވެ. ލަމާގެ އިތުރުން ލޭޑީ ގާގާ، ބެޑް ބަނީ، އަދި ސަބްރީނާ ކާޕެންޓާ ވެސް ވަނީ ގިނަ އަދަދެއްގެ ނޮމިނޭޝަންތަކެއް ހޯދާފައެވެ.

މި އަހަރުގެ ގްރެމީގައި ބައެއް ތާރީހީ ނޮމިނޭޝަންތައް ވެސް ފެނިގެން ގޮސްފައި ވެއެވެ. ސްޕެނިޝް ލަވަކިޔުންތެރިޔާ ބެޑް ބަނީ ވަނީ އެއް އަހަރެއްގައި އަލްބަމް، ރެކޯޑް، އަދި ސޯންގް އޮފް ދަ އިޔާގެ ކެޓަގަރީން އެކީގައި ނޮމިނޭޓުވި ފުރަތަމަ ސްޕެނިޝް ފަންނާނުގެ ޝަރަފު ހޯދާފައެވެ. މީގެ އިތުރުން ކޭ-ޕޮޕް ޖޯންރާއަށް ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ކޭ-ޕޮޕް އާޓިސްޓް ރޯޒޭ އާއި ބްރޫނޯ މާސް ގުޅިގެން ކިޔާފައިވާ "އޭޕީޓީ" ވަނީ ރެކޯޑް އަދި ސޯންގް އޮފް ދަ އިޔާ އަށް ނޮމިނޭޓުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް