ads
ހޭލީ ވިލިއަމްސް
ބޮޓުތަކާ ހެދި ހޭލީއަށް ޓިކެޓު ވިއްކަން ދަތިވެއްޖެ
ލަވަކިއުންތެރިއާ ހޭލީ ވިލިއަމްސްގެ ސޯލޯ ޓުއާގެ ޓިކެޓުތައް، އޮޓޮމޭޓެޑް ބޮޓުތަކުގެ ސަބަބުން ހަގީގީ ސަޕޯޓަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
Advertisement

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޓިކެޓު ވިއްކުމުގެ އާ ނިޒާމެއް އޭނާ ވަނީ ތައާރަފުކޮށްފައެވެ. އޯޕަންސްޓޭޖާ ގުޅިގެން ތަންފީޒުކުރާ މި ނިޒާމުގެ ބޭނުމަކީ ސްކެލްޕަރުންނާއި ބޮޓުތަކަށް ހުރަސްއެޅުމެވެ.

މި އާ އުސޫލުގެ ދަށުން، ހޭލީގެ ޝޯތަކުގެ ޓިކެޓު ގަންނަން ބޭނުންވާ ފޭނުން ފުރަތަމަ 'ވެފައިޑް ޕްރީސޭލް' އަކަށް ރަޖިސްޓްރީ ކުރަން ޖެހެއެވެ. މި ރަޖިސްޓްރޭޝަންގެ މައިގަނޑު މަގުސަދަކީ، އެއްފަހަރާ ގިނަ އަދަދެއްގެ ޓިކެޓު ގަތުމަށް ބޮޓުތައް ބޭނުންކުރުން ހުއްޓުވައި، ހަމައެކަނި ހަގީގީ ފަރާތްތަކަށް ޓިކެޓު ގަތުމުގެ ފުރުސަތު ދިނުމެވެ. މީގެ އިތުރުން، މި ނިޒާމުން ގަންނަ ޓިކެޓުތައް އަގުބޮޑުކޮށް އަލުން ވިއްކުން ހުއްޓުވުމަށް ހާއްސަ ގަވާއިދުތަކެއް ވެސް ވަނީ ހަދާފައެވެ.

ހޭލީ ވިލިއަމްސް ބުނި ގޮތުގައި، މިހާރު އާންމުކޮށް ޓިކެޓު ވިއްކުމަށް ބޭނުންކުރާ ނިޒާމަކީ "ހަލާކުވެފައިވާ އަދި އޮޅުންބޮޅުން ބޮޑު" ނިޒާމެކެވެ. އޭނާގެ މައިގަނޑު އަމާޒަކީ ސަޕޯޓަރުންނަށް ސްކެލްޕަރުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކުން އެމީހުން ސަލާމަތްކޮށް، އިންސާފުވެރިކަމާއެކު ޓިކެޓު ލިބޭނެ ގޮތް ހެދުމެވެ. މި ފިޔަވަޅަކީ ސީދާ ފޭނުންނަށް ޓިކެޓު ލިބުން ކަށަވަރުކުރުމަށް އޭނާ އެޅި މުހިންމު ފިޔަވަޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް