ads
ކާށިދޫގައި ދުއްވާ "ފައިސަލާ" ބޯޓު އެ ރަށު ފަރަށް އަރައިފައި - ފޮޓޯ: ޕޮލިސް
ފަރަށް އެރި ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ކ. ކާށިދޫގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ފައިސަލާ' ބޯޓު އެ ރަށު ފަރަށް އަރައި، އެ ބޯޓުން ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ ފަރަށް އެރި، ފައިސަލާ ބޯޓުން ގެއްލިގެން ހޯދަމުން ދަޔައީ، ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރު، 30، އެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ އެ ބޯޓު އަޑިޔަށް ދިޔަ ސަރަހައްދުގެ މޫދުންނެވެ.

"އެ މީހާ ކ. ކާށިދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ވަނީ މައުލޫމާތު ދީފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު ލިބުނީ މިރޭގެ 7:52 ހާކަންހާއިރު އެވެ. އޭރު އެ ބޯޓުގައި ތިބީ 11 ފިރިހެނުން ކަމަށާއި އެއީ ފަސް ދިވެއްސަކާއި ހަ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި ހަރު މުދާތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވާން އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް