ads
މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
އެމްއެންޔޫ އާއި ޔޫތު މިނިސްޓްރީއާ ދެމެދު އިސްތިރާޖީ އެއްބަސްވުމެއްގައި ސޮއިކޮށްފި
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާޓްސް އިބްރާހިމް ވަހީދުއެވެ.

އަދި ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން މި ފަހުނާމާގާ ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ އާއިޝަތު ޝެހެނާޒު އާދަމްއެވެ.

މި ފަހުނާމާގެ ސަބަބުން މިނިސްޓްރީއާއި ޔުނިވަރސިޓީގެ މަސައްކަތްތަކަށް އައު ހަލުވި ކަމެއް ލިބި ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެއެވެ.

މި ފަހުނާމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. 

your imageމިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާޓްސް އިބްރާހިމް ވަހީދު

އަދި ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ނެގުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.

އަދި ހަމައެހެންމެ މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ޔުނިވަރސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި މީޑިއާ އާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނެއެވެ. އެހެންކަމުން މިއަދު ސޮއިކުރެވުނު ފަހުމުނާމާ އަކީ ޒުވާނުންނަށް ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއިން އުގެނުމުގެ ފުރިހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެއްބަސްވުމެކެވެ.

މި ފަހުނާމާގެ ދަށުން ދެފަރާތަށްވެސް ފައިދާ ހުރި ދެމެހެއްޓެނިވި އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް