ads
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
އީ-ވިސާގެ ހިދުމަތް ފެށި ނަމަވެސް އެޕްލިކޭޝަން ހުށަހެޅުން ފަސްކޮށްފި
މޯލްޑިވްސް އިމިގްރޭޝަނުން އީ-ވިސާގެ ހިދުމަތް ރަސްމީކޮށް ތައާރަފުކުރި ނަމަވެސް، އާ ނިޒާމުގެ ދަށުން ވިސާއަށް އެދި އެޕްލިކޭޝަން ހުށަހެޅުން ފަސްކޮށްފި އެވެ.
Advertisement

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އީ-ވިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، އެޕްލިކޭޝަން ހުށަހެޅުން ފަސްކުރީ އާންމުންނަށް އާ ނިޒާމަށް އަހުލުވެރިވެ، އެކަމަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދޭނެ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އާންމު ކުރަމުން ގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އާ ނިޒާމަށް އެޕްލިކޭޝަން ބަލައިގަންނަން ފެށުމުގެ ކުރިން، މިހާރު އަމަލުކުރާ އުސޫލުން ވިސާއަށް އެދެވޭނެ އެވެ. އެގޮތުން، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕާސްޕޯޓު ހުށަހަޅައިގެން ވިސާއަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެ އެވެ. މީގެ އިތުރުން، ވިސާ ޖަހާފައި ވީ ނަމަވެސް ނުނަގާ ހުރި ޕާސްޕޯޓުތައް ވީހާ ވެސް އަވަހަކަށް އައިސް ނެގުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް