މި ދެ ތަރިން ވަނީ އެމީހުންގެ ތަފާތު އަދި އުފެއްދުންތެރި ހެދުންތަކުން ރަތް ކާޕެޓް ދިއްލާލާފައެވެ.
ޗެޕެލް ރޯން ވަނީ މިއަހަރުގެ ހޯލް އޮފް ފޭމް އަށް ހޮވުނު ލެޖެންޑަރީ ލަވަކިޔުންތެރިޔާ ސިންޑީ ލޯޕާއަށް ހާއްސަ ހަދިޔާއެއްގެ ގޮތުން ތަފާތު ހެދުމެއްގައި ފެނިގެން ގޮސްފައެވެ. އޭނާ އަޅައިގެން ހުރި ހެދުމުގެ ސްކާޓް ފަރުމާކޮށްފައި ވަނީ ނޫސް ކަރުދާސްތަކެއް ބޭނުންކޮށްގެންނެވެ. މިއީ 1986 ވަނަ އަހަރު ސިންޑީ ލޯޕާ ނެރުނު މަޝްހޫރު "ޓްރޫ ކަލާޒް" ލަވައިގެ މިއުޒިކް ވީޑިއޯއިން އޭނާ ފެނުނު ހެދުމަކަށް އިޝާރާތްކޮށް ފަރުމާކޮށްފައިވާ ހެދުމެކެވެ. މިކަމުގެ ސަބަބުން ޗެޕެލް ރޯން އަށް ގިނަ ބައެއްގެ ތައުރީފު ލިބިގެން ދިޔައެވެ.
އަނެއްކޮޅުން، ޖެނެލް މޮނޭ ވަނީ ރަތް ކާޕެޓްގައި ހުރިހާ އެންމެން ހައިރާންކޮށްލ ފަދަ ހެދުމެއްގައި ފެނިފައެވެ. އޭނާ އަޅައިގެން ހުރީ ފެހި ކުލައިގެ ތޮމް ބްރައުން ބްރޭންޑްގެ ސޫޓެކެވެ. މި ސޫޓުގެ ފަރުމާ އާއި އެކި ބައިތައް ގުޅުވާފައިވާ ގޮތުން، ގިނަ ފެޝަން ާކުނި ން ވަނީ އެއީ "ފެޝަން ޕަޒްލް" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ހެދުމުގެ ސަބަބުން ޖެނެލް މޮނޭ ވެގެން ދިޔައީ އެރޭގެ ހަފުލާގައި އެންމެ ފާހަގަކޮށްލެވުނު އެއް ތަރިއަށެވެ.