ads
ބީބީސީ ހެޑް އޮފީސް އަދި އެމެރިކާގެ ރައީސް ޓްރަމްޕް
ޓްރަމްޕުގެ އަބުރު ކަތިލުމަށްފަހު ބީބީސީން މައާފަށް އެދިއްޖެ
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކައެއް އެޑިޓްކޮށްގެން ދެއްކި މައްސަލައެއްގައި ބީބީސީން މައާފަށް އެދިއްޖެއެވެ.
Advertisement

ބީބީސީގެ ޗެއާ ސަމީރު ޝާހު ވަނީ އެއީ "އިޖްތިހާދީ ގޮތުން ހެދުނު ގޯހެއް" ކަމަށް ވިދާޅުވެ، އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ޓްރަމްޕް ދެއްވި ހިތާބެއްގެ ބައެއް، ބީބީސީގެ "ޕެނޮރާމާ" ޑޮކިއުމެންޓްރީއެއްގައި އެޑިޓްކޮށްގެން ދެއްކުމުންނެވެ. ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ވާހަކަ "ކަތިލާފައިވާ" ކަމަށާއި، އެގޮތަށް އެ ވާހަކަ ހުށަހެޅުމުން ބެލުންތެރިންނަށް އޮޅުވާލާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ ވަކީލުން ވަނީ ބީބީސީއަށް ސިޓީއެއް ފޮނުވައި، އެކަން އަނބުރާ ގެންގޮސް، މައާފަށް އެދި، ބަދަލު ނުދޭނަމަ 1 ބިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް