ads
މަރުކަޒީ ބޭންކު
ރުފިޔާގެ އަގު ހިފަހައްޓަން ތިން ބިލިއަން ރުފިޔާ އެމްއެމްއޭއަށް ނަގައިފި
ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް ހިންގި އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް، ތިން ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
Advertisement

މިއީ ބާޒާރުގައި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ އިތުރުވެ، އޭގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވެގެން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދިޔަ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަގުސަދުގައި އެޅި ހަރުދަނާ ފިޔަވަޅެކެވެ.

މީގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ޖޫން މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ 39 ޕަސެންޓް ވަނީ ދަށްކުރެވިފައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި އިތުރުވެފައިވާ ފައިސާގެ މިންވަރު ކޮންޓްރޯލްކޮށް، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް ޓަކައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ އޮތޯރިޓީން ވަނީ މި މަހުގެ ހަވަނަ ދުވަހު ވެސް ނިންމައި އިއުލާނުކޮށްފަ އެވެ.

އެގޮތުން އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ މުހިންމު ދެ ފިޔަވަޅަކީ، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރްއާރް) މަތިކުރުމާއި، އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ގެ ދާއިރާ އިތުރަށް ފުޅާކޮށްގެން އިގްތިސާދުގައި ދައުރުވާ ފައިސާގެ މިންވަރު މަދުކުރުމެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި މެއިން ލިކުއިޑިޓީ އޮޕަރޭޝަންސް (އެމްއެލްއޯ) ފަށާފައިވާ އިރު، އެ އަހަރުގެ ނޮވެމްބަރު ގައި ސްޓްރަކްޓަރަލް ލިކުއިޑިޓީ އޮޕަރޭޝަންސްގެ ހުރިހާ ޓެނާސްތަކެއްގެ ރޭޓް 100 ބޭސިސް ޕޮއިންޓުން އިތުރުކޮށް، މި އޯގަސްޓްގައި އިތުރު 10 ބޭސިސް ޕޮއިންޓުން މަތިކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރާއްޖޭގައި ވެސް ޑޮލަރުގެ އަގު އުފުލި އެކަމުގެ ބުރަ ވިޔަފާރިތަކާއި އާންމުން ވެސް އުފުލަން ޖެހިފައި ވާއިރު މައްސަލަ ހައްލުކުރުމުގެ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;