ads
ރިފޯމް ޔޫކޭގެ ބައްދަލުވުމެއްގެ ތެރެއިން
ބީބީސީއާ އެކު މަސައްކަތް ނުކުރަން ރިފޯމް ޔޫކޭއިން ނިންމައިފި
މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކައެއް ބީބީސީން އެޑިޓްކޮށްފައިވާ ގޮތާ ގުޅިގެން ހިނގި މައްސަލައަކާ ގުޅިގެންނެވެ.
Advertisement

މި ޑޮކިއުމެންޓްރީ އުފެއްދުމުގެ މަސައްކަތް ބީބީސީން ހަވާލުކޮށްފައިވަނީ ބޭރުގެ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ އޮކްޓޯބާ ފިލްމްސްއާއެވެ. މިއީ ޓްރަމްޕާ ގުޅޭގޮތުން ޕެނޮރާމާ ޑޮކިއުމެންޓްރީ ހެދުމުގައިވެސް ހަރަކާތްތެރިވި ކުންފުންޏެކެވެ. ނަމަވެސް، ޓްރަމްޕްގެ ވާހަކަ އެޑިޓްކޮށްފައިވަނީ ބީބީސީގެ މުވައްޒަފުން ކަމަށާއި، އެކަމުގައި އޮކްޓޯބާ ފިލްމްސްގެ ބައިވެރިވުމެއް ނެތްކަން ފާހަގަކޮށްލެވެއެވެ.

ރިފޯމް ޔޫކޭގެ އެތެރޭގެ އީމެއިލެއްގައިވާ ގޮތުން، އެ ޕާޓީގެ މެންބަރުންނަށް ވަނީ ކުރިއަށް އޮތްތަނުގައި ފިލްމުކުރުމުގެ މަސައްކަތުގައި ބައިވެރި ނުވުމަށް އަންގާފައެވެ. އެ އީމެއިލްގައި، ޕްރޮޑަކްޝަން ކުންފުނިން "ޕްރޮފެޝަނަލްކޮށް" މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްފައި ވީނަމަވެސް، ބީބީސީއާ ގުޅުންހުރި މައްސަލައާ ހެދި އެއްބާރުލުން ހުއްޓާލަން ނިންމިކަން ވަނީ ހާމަކޮށްފައެވެ. މި ޑޮކިއުމެންޓްރީ ދެއްކުމަށް ހަމަޖެހިފައި އޮތީ އަންނަ ޖެނުއަރީ މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް