ޓޭޓް މި ލަވަ ކިޔާފައިވަނީ އޭނާގެ "މިސް ޕޮސެސިވް ޓު" ގެ އެންމެ ފަހު ސައުންޑްޗެކްގަ އެވެ.
ޓޭޓްގެ މި ކަވާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވު ގިނަ ބައެއްގެ ތައުރީފު އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް، ޓޭލާ ސުވިފްޓްގެ ސަޕޯޓަރުން ވަނީ ޓޭޓްގެ އަޑަށް ތައުރީފުކޮށް، އެއީ ވަރަށް ރީތި ކަވާ އެއް ކަމަށް ބުނެފަ އެވެ. އެގޮތުން، އެކްސްގައި (ކުރީގެ ޓްވިޓާ) ގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ޓޭޓްގެ ކަވާ "އަސްލަށް ވުރެ ރަނގަޅު" ކަމަށެވެ. އަދި ބައެއް މީހުން "މި ކަވާ ވަރަށް ރީތި" އަދި "ޓޭޓް ވަރަށް މޮޅު" ކަމަށް ބުނެފައިވެ އެވެ.
"ވައިލްޑެސްޓް ޑްރީމްސް" އަކީ 2014 ވަނަ އަހަރު ޓޭލާ ސުވިފްޓް ނެރުނު ވަރަށް މަގުބޫލު ލަވައެކެވެ. ޓޭޓް މެކްރޭ އަކީ މި ފަހަކަށް އައިސް އަމިއްލަ ލަވަތަކުން ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ޒުވާން ފަންނާނެކެވެ. ޓޭލާ ސުވިފްޓްގެ ލަވައެއް އޭނާގެ ޓއެއްގެ ތެރެއިން ކިޔުމުން، ދެ ފަންނާނުންގެ ސަޕޯޓަރުންގެ މެދުގައިވެސް ވަނީ މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.