ads
މަރާޔާ ކެރީ
މަރާޔާ ކެރީގެ ކެރިއަރު ފެށި ޑެމޯ ޓޭޕު ނީލަމަށް
ލެޖެންޑަރީ ލަވަކިޔުންތެރިޔާ މަރާޔާ ކެރީގެ މިއުޒިކް ކެރިއަރު ފަށައިގަތުމަށް މަގުފަހިކޮށްދިން ކަމަށް ބެލެވޭ އޭނާގެ ޑެމޯ ޓޭޕެއް އަންނަ މަހު ނީލަމަށް ލުމަށް ހަމަޖައްސައިފި އެވެ.
Advertisement

މިގޮތުން 1980ގެ އަހަރުތަކުގެ މި ޑެމޯ ޓޭޕަކީ މަރާޔާ އަށް އޭނާގެ ފުރަތަމަ ރެކޯޑް ޑީލް ހޯދައިދިން އެއްޗެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މަރާޔާ ވަނީ އޭނާގެ ހަޔާތުނާމާގައި ވެސް ފައިސާ އެއްކޮށްގެން ސްޓޫޑިއޯ ޓައިމް ހޯދައިގެން މި ލަވަތައް ރެކޯޑް ކުރިކަން ފާހަގަކޮށްފަ އެވެ.

މި ޑެމޯ ޓޭޕަކީ ލަވަކިޔުންތެރިޔާ ބްރެންޑާ ކޭ ސްޓާރާ އެކު ރެކޯޑްކޮށްފައިވާ ހަތް ލަވައިގެ ކެސެޓެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ޓޭޕުގައި ހިމެނޭ ބައެއް ލަވަތައް ފަހުން ވަނީ އޭނާގެ 1990 ވަނަ އަހަރު ނެރުނު ފުރަތަމަ އަލްބަމްގައި ހިމަނާފަ އެވެ. އޭގެ ތެރޭގައި "ވިޝަން އޮފް ލަވް"، "ސަމްޑޭ"، އަދި މަރާޔާ އެންމެ ފުރަތަމަ ލިޔުނު އެއް ލަވަ ކަމަށްވާ "އެލޯން އިން ލަވް" ހިމެނެ އެވެ. މި ޓޭޕް ނީލަމަށް ލާނީ ނިއުޔޯކްގެ މަޖައްލާއެއް ކަމަށްވާ ވެކްސް ޕޮއެޓިކްސް އިންނެވެ.

މި ޓޭޕް ފެނިފައިވަނީ މަޝްހޫރު ޕްރޮޑިއުސަރު ޑީޖޭ އާތާ ބޭކާގެ އަމިއްލަ ކަލެކްޝަނުންނެވެ. އޭނާ ބުނި ގޮތުގައި އޭރު އުމުރުން 19 އަހަރުގެ މަރާޔާ އާ ބައްދަލުވެ ޓޭޕް އަޑުއެހުމުން ވަރަށް ހައިރާންވި އެވެ. "އަޑުއެހީމަ ހީވީ މަޑޯނާ އާއި ވިޓްނީ އެއްކޮށްލީމަހެން. ލަވަ ލިޔަނީ މަޑޯނާހެން، އަޑު ވިޓްނީހެން. މިއީ ރަނުގެ ފުރުސަތެއް ކަމަށް ހިތަށް އެރި،" ބޭކާ ބުންޏެވެ. އޭނާ އިތުރަށް ބުނީ އެ ލަވަތައް އަދިވެސް ވަރަށް ތާޒާ ކަމަށާއި، އޭރުވެސް މަރާޔާ އަކީ ސްޓާރެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް