ads
ޗައިނާއިން ރާއްޖެއައި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓްގައި
ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު 3 ތިން ލައްކައަށް
ޗައިނާއިން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ތިން ލައްކަ ހުރަސްކޮށް މައްޗަށް އަރައިފިއެވެ.
Advertisement

ޓުރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.9 މިލިއަނަށް އަރައިފައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ. 

އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން އަހަރުގެ މިހާތަނަށް 300،352 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. 

އެންމެ ގިނައިން ފަތުރުވެރިން އައި 10 ގައުމު  

  • ޗައިނާ - 300,352 ފަތުރުވެރިން
  • ރަޝިއާ - 239,004 ފަތުުރުވެރިން
  • އިނގިރޭސިވިލާތް - 168,597 ފަތުުރުވެރިން
  • ޖަރުމަނު - 141,739 ފަތުުރުވެރިން
  • އިޓަލީ - 124,406 ފަތުުރުވެރިން
  • އިންޑިއާ - 109,297 ފަތުުރުވެރިން
  • އެމެރިކާ - 54,449 ފަތުުރުވެރިން
  • ފްރާންސް - 48,673 ފަތުުރުވެރިން
  • ސްޕެއިން - 46,582 ފަތުުރުވެރިން
  • އޮސްޓްރޭލިއާ - 36,274 ފަތުރުވެރިން

ރާއްޖެއަށް މިހާރު ދުވާލަކަށް އެވަރެޖުކޮށް 6،025 ފަތުރުވެރިން އަންނަމުންދާކަމަށް ޓްއަރިޒަމްގެ ހިސާބުތަކުން ދައްކައެވެ. 

މިހާތަނަށް އައި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަން 

  • 1.4 މިލިއަން ފަތުރުވެރިން /  ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި
  • 408,608 ފަތުރުވެރިން / ގެސްޓްހައުސްތަކުގައި 
  • 48,715 ފަތުރުވެރިން / ހޮޓާތަކުގައި 
  • 39,475 ފަތުރުވެރިން /  ޓޫރިސްޓް އުޅަނދުތަކުގައި 
  • 1,643 ފަތުރުވެރިން / އެހެނިހެން ތަންތަނުގައި 

ސަރުކާރުން ވަނީ، މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ އަމާޒު ހާސިލުނުވާނެކަމަށް ބެލެވޭތީ އެ އަދަދު މަދުކޮށް 2.2 މިލިއަން ވަނީ ތިރިކޮށްފައެވެ. އަދި އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން އަންނާނެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް