ads
ހުޅުމާލެ ޖަލުން ފިލި ކަމަރުލް އިސްލާމް
މީހަކު މަރާލި ގައިދީއަކު ހުޅުމާލެ ޖަލުން ފިލުން، އޮތީ ސިއްރުކޮށްފައި
މީހަކު މަރާލިކަން ސާބިތުވެ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މިދިޔަ ހަފްތާގައި އެ ޖަލުން ފިލައިފިއެވެ.
Advertisement

ހުޅުމާލެ ޖަލުން ފިލީ ކަމަރުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ ފިލައިގެން ދިޔައީ 

ޖަލުގައި އޮންނަ އުސޫލުގެ ތެރެއިން މުޖުތަމައަށް ހިދުމަތްކުރަން ފުރުސަތު ދެވޭ ގައިދީންނަށް ދިން ފުރުސަތުގައި ކަރެކްޝަންސްގެ ފެސިލިޓީއަކަށް ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ނެރިފައި ހުއްޓައެވެ. 

މި މީހާ ޖަލުން ފިލިކަން ފުލުހުންނާއި ކަރެކްޝަނުން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ޖަލުން ފިލި ދުވަހު ހޯދާ ހައްޔަރުކޮށްފައިވާކަން ވަނީ އެނގިފައެވެ. 

ކަމަރުލްގެ މައްޗަށް ދައުވާކުރީ 2012 ވަނަ އަހަރުގެ ތެރޭގައި މުނީރުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައެވެ. އެ ކުށް އޭނާގެ މައްޗަށް ދަށު ކޯޓާއި ހައިކޯޓުން ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ. އަދި  މަރުގެ ދިޔައިގެ ގޮތުގައި 133،333.33ރ. ނެގުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.ނ

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް