ads
އަންހެނަކު ދަރިފުޅާއެކު ހޮސްޕިޓަލުގައި: ފޮޓޯ ޔުނިސެފް
ދަރިމައިވުމަށް އެހީވުމަށް، ދައުލަތުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފި
ދަރިމައިވުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެހީވުމަށް ހިންގާ ޕްރޮގްރާމުގެ ތެރެއިން، ދައުލަތުން މިދިޔަ އަހަރާއި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމްލަ 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
Advertisement

މި ފައިސާ ހަރަދުކޮށްފައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލަހައްޓާ ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުންނެވެ.

އެންސްޕާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު މި ބޭނުމަށް 4.78 މިލިއަން ރުފިޔާ ހަރަދުކުރި އިރު، މި އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް 7.13 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި 93 މީހަކަށް އައިވީއެފް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އޭގެ ތެރެއިން ފަރުވާ ކާމިޔާބުވެ ބަނޑުބޮޑުވެފައި ވަނީ 23 މީހުންނެވެ.

އެންސްޕާގެ ސީއީއޯ، ހީނާ ވަލީދު ވިދާޅުވި ގޮތުގައި، އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ ބެޗުގެ 100 މީހުންނަށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބާކީ ތިބި ދެމަފިރިންނަށް އަދި ފަރުވާ ދެވިފައެއް ނުވެއެވެ. އޭގެ ތެރޭގައި ފަރުވާ ފެށުމުގެ ކުރިން ގުދުރަތީ ގޮތުން މާބަނޑުވުމާއި، ވަގުތު ނުލިބުމުގެ ސަބަބުން ފަރުވާ ފަށާފައިނުވާ ދެމަފިރިން ހިމެނޭ ކަމަށް ހީނާ ވިދާޅުވި އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް