ads
ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެންއެފްގެ ޖަލްސާ ފަސްކޮށްފި
ރައީސް އަބްދުالله ޔާމީންގެ ޕީއެންއެފްއިން މިރޭ ބާއްވަން ނިންމި ކުއްލި ޖަލްސާއެއް ކެންސަލްކޮށްފިއެވެ.
Advertisement

ކުއްލި ޖަލްސާއެއް މީރޭ އޮންނާނެކަން އިއުލާންކޮށްފައި މިވަނީ ސަރުކާރަށް ތާއީދު އޮތް މިންވަރު ދެއްކުމަށްޓަކައި މިރޭ ޕީއެންސީން ބޮޑު އެއްވުމެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވަން ނިންމާފައިވަނިކޮށެވެ. 

ޕީއެންއެފްއިން ބުނީ މިރޭ ބާއްވަން ނިންމި ޖަލްސާ ކެންސަލްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައިކަމަށެވެ. އަދި މި ޖަލްސާ އަންނަ އާދިއްތަ ދުވަހުގެ ރެއެއް ބަދަލުކޮށްފައިވާކަމަށް އެޕާޓީން ބުނެއެވެ. 

ގިނަ އަދަދެއްގެ ބަޔަކު މާލެ ގެނެސްގެން ވެރިކަން ކުރާ ޕިއެންސީ މިރޭ ބާއްވާ ޖަލްސާއަށް  ތަންދޭން ބޮޑުތަކުރުފާނުމަގާއި މަޖީދީމަގުން ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާކަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ބޮޑުތަކުރުފާނު މަގު ސަލްމާން މިސްކިތުގެ އުތުރުން ފެށިގެން ރައީސް ޔާމީންގެ ގެކޮޅާއި ހަމައަށް ބޭރުމަގު ބަންދުކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މީގެއިތުރުން މިރޭ އިރުއޮއްސި 6 އަކުން ފެށިގެން ޕީއެންސީގެ ޖަލްސާ ނިންމެންދެން ހެންވޭރުގެ ގިނަ މަގުތަކެއް ވެހިކަލްތައް ނުދެއްވޭގޮތަށް ބަންދުކުރަންވެސް ފުލުހުން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް