ads
ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ އެކު - ފޮޓޯ/ޕީއެންސީ
މިރޭގެ އެއްވުމުގައި 13000 މީހުން ބައިވެރިވި: ރައީސް
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ކުރިއަށް ގެންދާ އެއްވުމަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ބޭއްވި އެންމެ ބޮޑު، އެންމެ މީހުން ގިނަ އެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
Advertisement

މިރޭ އާޓިފިޝަލް ބީޗާއި، މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި އެ ސަރަހައްދު އޮތީ އެއްވި މީހުންނާ އެކު ފުރި ތޮއްޖެހިފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން އާޓިފިޝަލް ބީޗު ސަރަހައްދަށް ވަޑައިގެންނެވިއިރު އެ ސަރަހައްދުގައި އެއްވެ ތިބި އެތައް ހާސް ބަޔަކު ރައީސް ސަލާމްކުރަމުން ގެންދިޔަ އެވެ. އެ ވަގުތު ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްވެސް ތިއްބެވި އެވެ.

ރައީސް މުއިއްޒު ބީޗަށް ވަޑައިގެންނެވިއިރު އެތައް ހާސް ބަޔަކު ދިޔައީ މަގުމަތީގައި ގައުމީ ދިދައާ އެކު ތިބެ ރައީސްއަށް ތާއީދުކުރާ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.

ޕީއެންސީން ބުނާ ގޮތުގައި މިރޭގެ ޖަލްސާއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާ އެވެ.

ޕީއެންސީގެ މިރޭގެ ބޮޑު ޖަލްސާ ފައްޓަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ބައްދަލުވުން ކަމަށެވެ.

"މި ވަގުތު ވެސް މި ތަނުގައި 13،000 އަށް ވުރެ ގިނަ ރައްޔިތުން އެބަތިބި ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބިފައި ވަނީ،" އެތައް ހާސް ބަޔަކު ބައިވެރިވި އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ އެހާ ގިނަ ބަޔަކު މާލެއިންނާއި އެކި ރަށްރަށުން މިރޭގެ ޖަލްސާގައި ބައިވެރިވެފައިވާތީ ޝުކުރު އަދާކުރައްވައިފަ އެވެ.

މިރޭގެ އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެންސީގެ ސަޕޯޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި މީހުން އަދި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މާލެ އައިސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް