ވިޔަފާރިވެރިން ބުނާ ގޮތުގައި ކަރާގެ އާންމު އާންމުކޮށް އުފުލެނީ މޫސުން ގޯސްވެ، ރަށްރަށުން ބާޒާރަށް ކަރާ ގެނައުމަށް ދަތިވާ ނަމަ އެވެ. އެފަދަ ކަމެއް ކުރިމަތިނުވާ ނަމަ، ކަރާގެ އަގު ގާތްގަނޑަކަށް މިހާރު ހުރި ވަރަށް ލިބެމުންދާނެ އެވެ.
މި ރޯދަ މަހު އިންޑިއާ އިން ވެސް ގިނަ އަދަދަކަށް ކަރާ އެތެރެކުރުމުގެ ނަތީޖާ އަކީ ރޯދަ މަހު ދިވެހީންގެ މެދުގައި މަގުބޫލު ފަނިގިރުމުގެ ބާވަތެއް ކަމަށްވާ "ކަރާ" މިހާރު ބާޒާރުގައި ހުރީ އަތްފޯރާ ފަށުގައި ލިބެން ހުރުމެވެ.
ރޯދަ މަހާ ދިމާކޮށް އާންމުކޮށް ގިނަ އަދަދަކަށް ކަރާ ހައްދާއިރު މިހާރު ބާޒާރުގައި ހުރި އަގަކީ މީގެ ކުރިން ރޯދަ މަސްތަކާ ބަލާއިރު ހެޔޮ އަގެކެވެ. މީގެ ކުރިން ކިލޯއެއް 40ރ. އަށް ވެސް ވިއްކި އެވެ. ނަމަވެސް މިއަދު ބާޒާރުގައި ކަރާ ކިލޯއެއް 20/25 ރ. އަށް ލިބެން އެބަހުއްޓެވެ.
ބާޒާރުގައި އާންމު ގޮތެއްގައި ގަންނަ ތަކެތީގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް ކަނޑޫދޫ މިރުހުގެ އަގު ވަނީ 100 ގްރާމް 30ރ. އަށް ވެއްޓިފަ އެވެ. ކަނޑޫދޫ މިރުހުގެ 100 ގްރާމުގެ އަގު މި ރޯދަ މަހު 60ރ. އަށް ވެސް އަރައިގެންދިޔަ އެވެ.
ކުރުނބާގެ އަގު 40ރ. އާއި 50ރ. އާ ދެމެދު ހުރިއިރު، ކުރުނބާ ފުޅިއެއް ލިބެން ހުރީ 150ރ. އަށެވެ. ކޮޕީފަތް ބޮނޑިއެއް 10ރ. އަށް ހުރިއިރު، ލެޓިއުސް ކިލޯއެއް 60ރ. އަށް ލިބެ އެވެ.
މީގެއިތުރުން ބާޒާރުގައި އަލަނާސިގަނޑެއްގެ އަގު ހުރީ 50 ރުފިޔާއަށެވެ. މީގެ ތިން ދުވަސް ކުރީން ބާޒާރުގައި އަލަނާސި ގަނޑެއް ލިބެންހުރީ 60 ރުފިޔާއަށެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި އެސްޓީއޯގެ ފިހާރަތަކުން ވެސް ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;