ads
ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ އެކު- ފޮޓޯ:ޕީއެންސީ
ގައުމަށް ބޭނުންވަނީ ހަމަހަމަކަމާއި އިންސާވެރިކަމާއި އަދުލުވެރިކަން: ރައީސް
ގައުމަށް ބޭނުންވަނީ ހަމަހަމަކަމާއި އިންސާވެރިކަމާއި އަދުލުވެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރޭތީ، އެކަން ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދަކަށް މީހުން މާލެ ގެނެސްގެން، އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ފާއިތުވި 45 ވަރަކަށް އަހަރުގެ ތެރޭގައި އެެއްވެސް ރައީސަކު ވަޑައިނުގަންނަވާ ރަށްތަކަށް ޒިޔާރާތް ކުރެއްވުނު ކަމަށެވެ. އެކަމާ މެދު ހައިރާންވެވެޑައިގަންނަވާ ކަމަށާއި އެއީ ސީދާ އިހުމާލު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެރަށްތަކާއި މާލެއަކީ ވެސް އެމަނިކުފާނަށް ހަމަހަމަ ތަންތަން ކަމަށާއި އެތަނުގައި ވެސް އުޅެމުން އަންނަނީ ދިވެހި ރައްޔިތުން ކަމަށެވެ.

"ރައީސް މައުމޫނަށް ފަހު އެއްވެސް ރައީސަކު ވަޑައިނުގަންނަވާ ރަށްތައް. އަޅުގަނޑު ހައިރާންވި އެކަމާ. އިހުމާލު. ހުރިހާ މާނައެއްގައި އިހުމާލުވެފައިވާ ރަށްރަށަށް. އެ ރަށްރަށާއި މާލެއާ އަޅުގަނޑަށް ހަމަ އެއްހަމަ،" ރައީސް ވިދާޅުވި އެވެ.

ގައުމަށް ބޭނުންވަނީ ހަމަހަމަކަމާއި އިންސާވެރިކަމާއި އަދުލުވެރިކަން ކަން ފާހަދަކުރައްވާ ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު މިދިޔަ ދެ އަހަރު ތެރޭ ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރާ ތަނެއް ނުފެންނާނެ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ކޮންމެ ވާހަކައެއް ދެއްކިއަސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ކުރީގެ ސަރުކާރުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ވެރިކަމަށް ދެ އަހަރުވާއިރު، ސިޔާސީ ހުރިހާ ވެރިން ތިބެނީ ޖަލުގައި ކަމަށާއި މިއަދާ ހަމައަށް ބަދަލު ހިފުމުގެ ރޫހުގައި މި ސަރުކާރުން އަމަލު ކޮށްފައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް